ބޯކޮށް ސްނޯ ފައިބައި، ތުރުކީގެ އިސްތަންބޫލް ހުއްޓުމަކަށް އަތުވެއްޖެ

ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ބޯކޮށް ސްނޯވެހި ސިޓީގެ އާންމު ހުރިހާ ހިދުމަތެއް މެދުކަނޑާލަން ޖެހިއްޖެ އެވެ. އިސްތަންބޫލުގެ އެއާޕޯޓުން ފުރަން ހަމަޖައްސާފައިވާ ހުރިހާ ފްލައިޓެއް ސްނޯގެ ސަބަބުން ވަނީ ގ...

25 Jan 2022 | 04:58

ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ބޯކޮށް ސްނޯވެހި ސިޓީގެ އާންމު ހުރިހާ ހިދުމަތެއް މެދުކަނޑާލަން ޖެހިއްޖެ އެވެ.

އިސްތަންބޫލުގެ އެއާޕޯޓުން ފުރަން ހަމަޖައްސާފައިވާ ހުރިހާ ފްލައިޓެއް ސްނޯގެ ސަބަބުން ވަނީ ގްރައުންޑު ކޮށްފަ އެވެ. ގްރައުންޑު ކުރަން ޖެހުނު ފްލައިޓުތަކުގެ ތެރޭގައި ޔޫރަޕާއި، އެފްރިކާ، އޭޝިއާ އަދި މިޑިލް އީސްޓުގެ ގައުމުތަކަށް ދަތުރު ކުރާ ފްލައިޓުތައް ހިމެނެ އެވެ.

އިސްތަމްބޫލް އެއާޕޯޓަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެނމެ ބިޒީ އެއް އެއާޕޯޓެވެ. ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އެ އެއާޕޯޓުގެ ކާގޯ ޓާމިނަލްގެ ފުރާޅުން ބައެއް ވަނީ ވެއްޓިފަ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.

ސްނޯގެ ސަބަބުން އިސްތަންބޫލްގެ ސްކޫލްތަކާއި ވެކްސިން ސެންޓަރުތައްވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ކާއެއްޗެހި ޑެލިވަރީ ކޮށްދިނުމާއި ޝޮޕިން މޯލްތައްވެސް ވަނީ ސްނޯގެ ސަބަބުން ބަންދުކޮށްފަ އެވެ.

އެ ތަންތަން ބަންދު ކުރަން ޖެހުނީ މަގުތަކުގައި ސްނޯ ބޯވެ އެ ސަރަހައްދުތަކުގެ މަގުައް ބަންދުވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް