ކޮވިޑުގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ މިސްކް ބަލި މި ރާޅާއެކުވެސް ފެނިއްޖެ

ކޮވިޑަށްފަހު ދިމާވާ ކަންތައްތަކެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމުގައިވާ މަލްޓި އިންފްލެމެޓޮރީ ސިންޑްރަމް އިން ޗިލްޑްރަން (މިސްކް) ގެ ކޭސް އެއް ކޮވިޑުގެ މި ރާޅާއެކުވެސް ރާއްޖެއިން ފެނިއްޖެއެވެ. މި ކަން ...

25 Jan 2022 | 04:29

ކޮވިޑަށްފަހު ދިމާވާ ކަންތައްތަކެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމުގައިވާ މަލްޓި އިންފްލެމެޓޮރީ ސިންޑްރަމް އިން ޗިލްޑްރަން (މިސްކް) ގެ ކޭސް އެއް ކޮވިޑުގެ މި ރާޅާއެކުވެސް ރާއްޖެއިން ފެނިއްޖެއެވެ.

މި ކަން ހާމަކުރައްވައި އައިޖީއެމް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑަކުޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެފައިވަނީ ކޮވިޑު ޖެހުނީ ޑިސެމްބަރުގައި ކަމަށާއި ހަތަރު ދުވަސް ކުރިން ހުންއައިސް ހޮޑުލާ ބަނޑުދިޔާވެ އެންމެ ފަހުން ޕްރެޝަރ ދަށްވީ ކަމަށެެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ޑރ ވިދާޅުވީ މިސްކްގެ ކޭސްތަކުގައި އެއް ސިސްޓަމް (ނިޒާމް) އަށްވުރެ ގިނަ ސިސްޓަމަށް މައްސަލަ ދިމާވާކަމަށެވެ. އެގޮތުން މިސާލަކަށް ގޮހޮރުގެ ސިސްޓަމް، ލޭގެ ސިސްޓަމް، ނޭވޭލާ ސިސްޓަމް ހިމެނެއެވެ.

މިސްކް ބަލި ކޮވިޑުގެ މި ރާޅާއެކު ފެނިފައިވާއިރު މީގެ ކުރީގެ ރާޅުތަކާއެކުގައިވެސް ފެނިފައިވެއެވެ. އެގޮތުން ރާއްޖެއިން ކޮވިޑު ފެނުނު ފަހުން މިސްކްގެ 20 ކޭސް ރާއްޖެއިން ފެނިފައިވާކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

https://twitter.com/Faisalnaifaru/status/1485649277666082816

އާއްމުގޮތެއްގައި މިސްކް ޖެހެނީ ކޮވިޑުން ރަނގަޅުވުމަށްފަހު އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. މި ބައްޔަކީ ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ކެޓަގަރީ ކުރެވުނު ނަމަވެސް މި ބައްޔަށްވެސް ރއްޖެއިން ފަރުވާ ދެވެއެވެ.

ޑރ. ފައިސަލް އިތުރަށް ވިދާޅުވީ ކޮވިޑުގެ މި ރާޅާއެކު މި ބަލީގެ އިތުރު ކޭސްތަކެއްވެސް ފެނުން އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް