އއ. މާޅޮހުގެ ކަރަންޓުގެ ކެޕޭސީޓި އިތުރުކުރުމަށް ފޮނުވި 200kW ގެ ޖަނަރޭޓަރުސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފަށައިފި

އއ. މާޅޮހުގެ ކަރަންޓުގެ ކެޕޭސީޓި އިތުރުކުރުމަށް ފޮނުވި 200kW ގެ ޖަނަރޭޓަރުސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފަށައިފިއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ މި ޖަނަރޭޓަ...

25 Jan 2022 | 04:22

އއ. މާޅޮހުގެ ކަރަންޓުގެ ކެޕޭސީޓި އިތުރުކުރުމަށް ފޮނުވި 200kW ގެ ޖަނަރޭޓަރުސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފަށައިފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ މި ޖަނަރޭޓަރު ސެޓާއެކު އެރަށުގެ ކަރަންޓުގެ ކެޕޭސިޓީ 479 ކިލޯވަޓް އިން 679 ކިލޯވަޓްއަށް އިތުރުކުރެވިފައިކަމަށެވެ.

https://twitter.com/STELCOMALDIVES/status/1485562268280852485?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1485562268280852485%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fjazeera.mv%2F125466%2F

މީގެ އިތުރުން އދ. ދިގުރަށުގެ ވެސް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އައު ޖަނަރޭޓަރު ސެޓެއް ބޭނުންކުރަން ފަށާފައެވެ. އެރަށުގެ ކަރަންޓުގެ ކެޕޭސިޓީއަކީ މިހާރު 1518 ކިލޯވޮޓެވެ. ކުރިން ހުރީ 918 ކިލޯވޮޓެވެ.

ދިގުރަށަށް އަލަށް ގެންދިޔަ ޖަނަރޭޓަރު ސެޓަކީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލް ކޮށްފައިވާ އެ ކުންފުނީގެ ސްޓެވޯ STW600 ގެ ޖަނަރޭޓަރު ސެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް