މިއަދުވެސް ރާއްޖެއިން ކޯވިޑް-19 އަށް 100 އަށްވުރެ ގިނަ މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދާއި އިއްޔެ އަކީ ދުވަސް ތަކަކަށް ފަހު ދުވާލަކު ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު 100 އިން މައްޗަށް އެރި ދެ ދުވަހެވެ. އެޗްޕީއޭއިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިއްޔެ 108 މީހުން އަދި މިއަދު 109 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
މިއަދު ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 78 މީހުންނަކީ މާލެ ސަރަހައްދުން ޕޮސިޓިވްވި މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 20 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން 11 މީހުންނެވެ.
މިއަދު ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 4،742 ސާމްޕަލެވެ.
މިވަގުތު ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 1،160 މީހުންނަށެވެ. އޭގެ ތެރެއިން 87 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 13،884 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ 51 މީހެކެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 15،102 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް