ފިރިހެނެއްގެ އަޑުން، އޭނާ ބޭވަފާތެރި ވާނެކަން ދެނެގަނެވޭނެއެވެ. އެހެންކަމުން ފިރިހެނެއް ވަފާތެރިވާނެތޯ ޔަގީންކުރަން ބޭނުން ނަމަ، އޭނާގެ އަޑު އަހާށެވެ.
މީހަކު ބޭވަފާތެރި ވާނެކަން ދޭހަވާ އެތައް ބައިވަރު ސަބަބުތަކެއް ހުރެއެވެ. މީގެ ތެރޭގައި ސިއްރުން ފޯނު ގެންގުޅުމާއި، މީހާ ހުންނަ ގޮތަށް ބަދަލު ގެނައުމުގެ އިތުރުން، މައްސަލަ ޖެހޭ ގޮތް ވެސް ހިމެނެއެވެ.
ނަމަވެސް މި ހުރިހާ ކަމަކަށް ވުރެ ބޮަޑަށް ފެންނަން ހުރި ބޮޑު ހެއްކަކީ އަޑުން އެކަން ދެނެގަތުމެވެ.
މިކަމާ ގުޅޭގޮތުން ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި، އަޑު ބަރު މީހުން ބޭވަފާތެރި ވުމުގެ ފުރުސަތު ބޮޑެވެ.
116 ފިރިހެނުންނާއި 145 އަންހެނުން ބައިވެރިކޮށްގެން ހަދާފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، އަޑު ބަރު ފިރިހެނުން ބޭވަފާތެރި ވުމުގައި ފުރުސަތު، އެހެން ފިރިހެނުންނަށް ވުރެ ބޮޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް