ބައިވެރިޔާ ބޭވަފާތެރިވީތަ! ދެރަވާނެ ކަމެއްނެތް. މިއޮތީ ރަނުގެ ފުރުސަތެއް

ބައިވެރިޔާ ބޭވަފާތެރިވެގެން ވަރިވާން ޖެހެނީ ކިތައްކިތައް މީހުންނަށް ކަމެއް ނޭންގެއެވެ. ވަރި އަކީ އޭގައި ވޭނާ ކެކުޅުން ހިމެނޭ ކަމެކެވެ. ޒަވާޖީ ހަޔާތެއް ނިންމާލައި، އެކަމުގެ ވޭނުގައި ގިނަ މީހުން އެތައް ...

25 Jan 2021 | 14:55

ބައިވެރިޔާ ބޭވަފާތެރިވެގެން ވަރިވާން ޖެހެނީ ކިތައްކިތައް މީހުންނަށް ކަމެއް ނޭންގެއެވެ. ވަރި އަކީ އޭގައި ވޭނާ ކެކުޅުން ހިމެނޭ ކަމެކެވެ. ޒަވާޖީ ހަޔާތެއް ނިންމާލައި، އެކަމުގެ ވޭނުގައި ގިނަ މީހުން އެތައް ދުވަހެއް ހޭދަ ކުރެއެވެ. ވަރިވާ ދުވަސްކޮޅަކީ ވަރަށް ހިތާމަވެރި، މާޔޫސްކުރުވާ ބައެއް ފަހަރު ޑިޕްރެޝަނަށް ވެސް ދާ ދުވަސްކޮޅެކެވެ

ވަރި ވާ ދުވަސްކޮޅު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް މީހާ ބަލިކަށި ކޮށްލާ، ހުރިހާ ކަމެއްގެމަތިން ފޫހިކުރުވައެވެ. މި ލިޔުމުގައި މި ބަލައިލަނީ، މިފަދަ ހިތާމަވެރި ހާލަތުގައިވެސް ލިބޭ ރަނުގެ6 ފުރުސަތަކަށެވެ.

ފުރަތަމަ ކަމަކަށް ހަނދާން ކުރައްވީ، އެއީ ހަޔާތުގެ ނިމުން ނޫން ކަމުގައެވެ. ވަރިއާއެކު އެ ފެށެނީ އާ ހަޔާތެއް ކަމުގައި ދެކިގެން އަލުން ކަންތައްތަކެއް ފަށާށެވެ. ކުރިއަތް އޮތް ތާނގައި މާ ކާމިޔާބު ހަޔާތެއް ލިބޭނެކަމަށް އުންމީދު ކުރާށެވެ. ލިބުނު ފިލާވަޅައިގެން ކުރިއަށް ދާއިރު، އެކަމުން އިބުރަތް ލިބިގަނެ، ކަންކަން ރަނގަޅު ކުރާށެވެ.

ކުރިމަތީގައި ވަނީ ރަނުގެ ފުރުސަތު ތަކެކެވެ. ކާމިޔާބުގެ ސިގުނަލަށް އިޖާބަދީ، ތިބާގެ ނަސީބުގެ ޓަކި ދޮރުގައި ދޭ އަޑު އަހައި، އެ ދޮރު ހުޅުވާށެވެ.

ދެވަނަ ކަމަކަށް، އާ ނަފްސާއި އާ ޒިންމާތައް ފާހަގަކޮށް އުފާކުރާށެވެ. ކުރީގައި ކަންކަމަށް ފާޑުކިޔައި ގޮތް ކީ ބައިވެރިޔާ މިހާރަކު ނެތެވެ. ދޫންޏެއްހެން އުދުހިލާށެވެ. މަޖާކުރާށެވެ. ތިމާގެ އާ ނަފްސާއެކު މާ ހިތްހަމަ ޖެހޭނެއެވެ.

ވަރިއަށްފަހު ތިންވަނައަށް ކުރަންވީ ކަމަކީ، އާ ވަޒީފާއެއް އަދާކޮށްލާނީއެވެ. ނުވަތަ ކުރިން އުޅުނު ވަޒީފާގައި އިތުރަށް މަސައްކަތް ކޮށްލާނީއެވެ. އޭރުން ވަޒީފާގެ ކުރިއެރުން ލިބުމާ ގާތަށް ދަތުރު ކުރެވޭނެއެވެ. ލަސްވެގެން ހޯދާނެ ބައިވެރިޔާ މިހާރު ނުހުންނާނެއެވެ. ހިތް ފުރެންދެން އޮފީހުގައި މަސައްކަތް ކޮށްލާށެވެ.

ހަތަރު ވަނަ ކަމަކަށ، ތިބާގެ ތަޖުރިބާ ލިޔާށެވެ. އޭގެ ސަބަބުން ވަރިވެގެން މާޔޫސްވެ، ގޮތް ހުސްވެފައި ތިބި މީހުންނަށް އޭގެން ހިތްވަރު ލިބި، ތިބާގެ ކެތްތެރިކަމުން މިސާލު ނަގާނެއެވެ. ހިތާމައިގެ ސާލެއް ލެވިފައިވާ އެތައް ބައެއްގެ ދިރިއުޅުމަށް ތާޒާކަމާއި އާރޯކަން ގެނުވާނެއެވެ.

ރައްޓެހިންނާއި އާއިލާގެ މެމްބަރުންގެ މެދުގައި ދުރުވެލާފައިވާ ގުޅުން އިތުރަށް ރަނގަޅު ކުރުމަސް މިއަށްވުރެ ވަކި ރަނގަޅު ފުރުސަތަކީ ކޮބައި ހެއްޔެވެ؟ ވަރިއަށް ފަހު ފަސް ވަނަ ކަމަކަށް ކުރަންވީ ކަމަކީ، އާއިލާއާއި ރައްޓެހިންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކޮށް، ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމެވެ. އެމީހުންނާއެކު މަޖާކޮށްލާ، ދަތުރު ގޮސްލައިހަދާށެވެ. ގުޅުން ބަދަހި ކުރާށެވެ.

އެންމެ ފަހު ކަމަކަށް، އާ ބައިވެރިއަކާ މެދު ޚިޔާލު ކުރާށެވެ. އެއީ މާޒީގެ މޮޅިވެރިކަމާ މެދު ވިސްނުމަށްވުރެ މާ ރަނގަޅުކަމެކެވެ. ވަރިއަށްފަހު ކުޑަކޮށް ހަމަޖެހިލުމުން މުޅިން އާ ބައިވެރިއެއް ޚިޔާރު ކުރުމަށް ވިސްނާށެވެ. ތިބާގެ 'ޑްރީމް ލަވަރ' އާ ދިމާވާނީ މިހިސާނބުން ނޫން ކަމެއްވެސް ނޭނގެއެވެ. މިފަހަރު ތިބާ އެންމެ ހިތްއެދޭ މީހަކު އިހުތިޔާރު ކުރުމަށް ހަނދާން ނައްތާ ނުލައްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް