ބީއެމްއެލްގެ 90 އިންސައްތައަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ބޭނުންކުރޭ

ކޮވިޑް-19 ފެތުރެން ފެށި ފަހުން، އޮންލައިން ހިދުމަތްތައް ބޭނުންކުރާވަރު އިތުރުވެ، މިހާރު ބޭންކުގެ 90 އިންސައްތަ އަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ބޭނުންކުރާކަމަށް ބީ އެމް އ...

25 Jan 2021 | 12:11

ކޮވިޑް-19 ފެތުރެން ފެށި ފަހުން، އޮންލައިން ހިދުމަތްތައް ބޭނުންކުރާވަރު އިތުރުވެ، މިހާރު ބޭންކުގެ 90 އިންސައްތަ އަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ބޭނުންކުރާކަމަށް ބީ އެމް އެލް އިން ހާމަކޮށްފިއެވެ.

މިދިޔަ 9 މަސްދުވަހުތެރޭ ބީއެމްއެލް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަަޅާާފައި ވާކަން ހާމަކުރެއެވެ.

މިއީ  ބީއެމްއެލް އިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފޯރުކޮށްދޭ އިތުރު އެކައުންޓް ހުޅުވުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަޅުމާއި، ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން މަލުލޫމާތު ފޯމު އަޕްޑޭޓް ކުރުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކެވެ.

2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %33 އަށް ވުރެ އިތުރު އަދަދެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ، މިއީ ކޮވިޑް-19 ގެ ސަބަބުން ހިދުމަތް ހޯދުމަށް ގިނަ ބަދަލުތަކެއް ގެނެވުނު ދަނޑިވަޅުގައި ކަސްޓަމަރިންނަށް ލުއި ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށް މަގުފަހި ކުރުމަށް ބީއެމްއެލް އިން ގިނަ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށެވެ.

ބީއެމްއެލް އިން އޮންލައިންކޮށް ދީފައިވާ ޚިދުމަތްތަކުގެ ތެރޭގައި އިންޓަރނެޓް ބޭންކިންގ އަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމާއި، ޑިޖިޓަލް ޕިންގެ ޚިދުމަތުގެ އިތުރުން ޓީޓީ އަށް އެދި ހުށަހެޅުމާއި، ޕޭރޯލްގެ ހިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ،

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ބްރާންޗް ތަކުން ކިއުބީއެޕް ނަންބަރުތަކަށް ޚިދުމަތް ދެމުންދާއިރު ސަރވިސް ސެންޓަރ ތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް