މަސާޖުކުރުމަށް ނޭހާގެ "ކުޑަކުޑަ އިނގިލިތަކާއި އެކުޑައަތް" ވަރުބައްޔެއްނުވި

އިންޑިއަން އައިޑޮލްގެ ޖަޖް ނޭހާ ކައްކަރު އޭނާގެ މަންމަގެ ބޮލުގައި ތެޔޮ މަސާޖެއް ކޮށްދީފިއެވެ. ނޭހާ މަންމަގެ ގެއަށް ޒިޔާރަތް ކުރުމުގެ ތެރޭގައި ކޮށްދީފައިވާ މަސާޖުގެ ވީޑިއޯއެއް ވަނީ އޭނާގެ ރަސްމީ އިންސް...

25 Jan 2021 | 11:56

އިންޑިއަން އައިޑޮލްގެ ޖަޖް ނޭހާ ކައްކަރު އޭނާގެ މަންމަގެ ބޮލުގައި ތެޔޮ މަސާޖެއް ކޮށްދީފިއެވެ.

ނޭހާ މަންމަގެ ގެއަށް ޒިޔާރަތް ކުރުމުގެ ތެރޭގައި ކޮށްދީފައިވާ މަސާޖުގެ ވީޑިއޯއެއް ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ހިއްސާކޮށްފައެވެ. އެ ވީޑީއޯ ނަގާފައި ވަނީ ނޭހާގެ ފިރިމީހާ ރޯހަންޕްރީތް ސިންގް އެވެ.

ވީޑިއޯއިން ފެނިގެން ދަނީ ނޭހާ އޭނާގެ މަންމައާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރަނިކޮށެވެ.

ނޭހާގެ މޮޅު މަސާޖުން އޭނާގެ މަންމަ އުފާވެފައިވާތަން ފެނެއެވެ. މަސާޖު ކޮށްދިނުމުގެ ސަބަބުން ނޭހާގެ ކުޑަކުޑަ އިނގިލިތަކާއި އެ ކުޑަ އަތް ވަރުބަލި ވާނެ ކަމަށް އޭނާގެ މަންމަ ބުނަމުން ދިޔައިރު، ނޭހާ ވަނީ މަސާޖު ކުރުން ކުރިއަށް ގެންގޮސްފައެވެ.

މި ފަހުން ނޭހާގެ ވާހަކަ ހަބަރުތަކަށް އެރީ އޭނާ ބަނޑުބޮޑުވަނީ ކަމަށް ހީކޮށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ އެމީހުންގެ ލަވައެއްގެ ޕްރޮމޯޓް ކުރުމަށްޓަކައި ބަނޑުބޮޑުކަމަށް ފެންނަ އެއްޗެއް ލާފައި ހުރީ ކަމުގައެވެ.

ނޭހާ އާއި ރޯހަންޕްރީތް ކައިވެނި ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް