ބްރޭކްއަޕް ވާއިރުގަ ނަމަނަމަ މިހެން ނުހަދާތި

ދެން ރަނގަޅު އެހެން މީހެއް ނުލިބޭނެކަމަށް ދެކުން ދިރިއުޅުމަށް މީހަކު ގެނައުމުގައި ވަރަށް ގިނަ ގޮތްގޮތުން ވިސްނަން ޖެހޭ އިރުގައި ލޯބިވެރިއާއާ ގުޅުން ކަނޑާލާއިރުގައި ދެން ރަނގަޅު އެހެން މީހެއް ނުލިބޭނެކ...

25 Jan 2021 | 11:32

ދެން ރަނގަޅު އެހެން މީހެއް ނުލިބޭނެކަމަށް ދެކުން

ދިރިއުޅުމަށް މީހަކު ގެނައުމުގައި ވަރަށް ގިނަ ގޮތްގޮތުން ވިސްނަން ޖެހޭ އިރުގައި ލޯބިވެރިއާއާ ގުޅުން ކަނޑާލާއިރުގައި ދެން ރަނގަޅު އެހެން މީހެއް ނުލިބޭނެކަމަށް ނުދެކޭށެވެ. އެއަށްވުރެން މާ ރަނގަޅު މީހަކު ލިބުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

އެކަނިވެރިވާނެ ކަމަށް ދެކުން

އެކުގައި އުޅެފައި ދުރުވާއިރު އެއީ ނުހަނު ހިތްދަތި ކަމެކެވެ. އެހެން ނަމަވެސް ބައިވެރިޔާއަށް މާ ބޮޑަށް ޑިޕެންޑްވެވި އަމިއްލަ މީހާގެ ވެލިއު މަތީން ހަނދާން ނައްތާނުލާށެވެ. ތިބާގެ ހުރި ރަނގަޅު ކަންތައްތައް ހަނދާންކޮށް ވިހާވެސް ޕޮސިޓިވް ވިސްނުމެއް ގެންގުޅޭށެވެ.

މާ އަވަހަށް އެހެން މީހަކާ ގުޅުން

ދިރާސާތަކުން ދައްކާގޮތުގައި ބްރޭކްއަޕް ވުމުގެ ސަބަބުން އެ ލިބޭ ހިތާމަތަކާ ދުރުވުމަށް 90 އިންސައްތަ މީހުން އިޚުތިޔާރުކުރަނީ އަވަހަށް ބައިވެރިޔަކު ހޯދުމެވެ. އެގޮތުން 30 ނުވަތަ 90 ދުވަހުގެ ތެރޭގައިއ އެހެން ބައިވެރިޔަކު ހޯދައެވެ. އެހެން ނަމަވެސް އަނެއްކާވެސް ކުރިން ވީ ފަދަ ކަންތައްތަކުން ސަލާމަތްވުމަށް މީހާ ހަމަޔަކަށް އެޅުމުން މިފަދަ ގުޅުންތައް ކުރިޔަށް ގެންދަން މަޑުކުރަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް