ކޮވިޑް19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު އިންތިހާބު ބޭއްވުމުގައި އަމަލު ކުރަންވީ އުސޫލާމެދު މަޝްވަރާ ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އެޗްޕީއޭ އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އީސީގެ ފަރާތުން ހުރި ކަންބޮޑުވުންތަކާއި، ޕާޓީތަކުގެ ކަންބޮޑުވުންތައް ވެސް ބެލުމަށްފަހު، އެ ކަންކަން އެޗްޕީއޭ އާ ހިއްސާކުރާނެ ކަމަށް މިދިޔަ ހަފްތާގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ބަދަލުކޮށް އެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި ވަނީ މި މަހުގެ19 ވަނަ ދުވަހުއެވެ.
ބިލު ފާސްވުމާއެކު، އެޗްޕީއޭގެ ފަރާތުން އިންތިހާބު ބާއްވާނެ ގޮތުގެ ގައިޑްލައިނުގެ ޑްރާފްޓް ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު، ފަސްވެގެން ގޮސްފައި މި ވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް