އިދިކޮޅު މުޒާހަރާގެ ތެރެއިން އަދުރޭ އާއި އެކު 24 މީހުން ހައްޔަރުކޮށްފި

ލޯކލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން 24 މީހަކު ހައްޔަރު ކޮށްފި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީއެނ...

25 Jan 2021 | 10:42

ލޯކލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން 24 މީހަކު ހައްޔަރު ކޮށްފި އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން ލީޑާޝިޕްގެ ބައެއް ބޭފުޅުން ހިމެނެ އެވެ. އަދި ދެ ޕާޓީގެ އެކްޓިވިސްޓުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.

އިދިކޮޅު ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދު ކުރީ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. އެކަމަކު މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ޕީޕީއެމް ކޯލިޝަނުން ވަނީ އެމީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައި އެވެ.

އިދިކޮޅުން ބުނީ މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރީ މުޒާހަރާ ކުރުން މަނާ ގްރީން ޒޯނެއްގައި ނޫން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރީ އިލެކްޝަންސް ކޮމިޝަން ކައިރިއަށް އެއްވެ އެވެ.

ހައްަރު ކުރިމީހުންނާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް