އީސީގެ ނައިބު ރައީސް ކަމަށް ހަބީބު

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ކަމަށް އިސްމާއިލް ހަބީބު އައްޔަން ކުރައްވައިފި އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އީސީގެ މެމްބަރު އަހުމަދު އަކްރ...

25 Jan 2021 | 09:48

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ކަމަށް އިސްމާއިލް ހަބީބު އައްޔަން ކުރައްވައިފި އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އީސީގެ މެމްބަރު އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމުންނެވެ. އަކުރަމް އިސްތިއުފާ ދެއްވީ އޭނާ އާއި ގުޅޭ މައްސަލައެއް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލައި އީސީގެ މެމްބަރު ކަމުން އޭނާ ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމާފައިވަ ވަނިކޮށެވެ.

އީސީން މިއަދު ބުނީ ހަބީބު ނައިބު ރައީސް ކަމަށް އައްޔަން ކުރީ މިއަދު ބޭއްވި ކޮމިޝަނުގެ 623 ވަނަ ޖަލްސާގައި ކަމަށެވެ.

މިއީ ހަބީބު އީސީގެ މެމްބަރުކަން އަދާ ކުރައްވާ ދެވަނަ ދައުރެވެ. ދެ ވަނަ ދައުރަކަށް ހަބީބު އީސީގެ މެމްބަރު ކަމުގެ ހުވާ ކުރައްވާފައިވަނީ 2019 މާޗް 13 ގައި އެވެ.

https://twitter.com/ElectionsMv/status/1353639681460641792

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް