އިންތިހާބު އަވަސް ކުރުމަށް ގޮވާލާ މުޒާހަރާ ކުރަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މުޒާހަރާ ކުރަން ފަށައިފި އެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން އެއްވީ އިލެކްޝަންސް ކޮމިޝަނު ދޮށަށ...

25 Jan 2021 | 09:37

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މުޒާހަރާ ކުރަން ފަށައިފި އެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން އެއްވީ އިލެކްޝަންސް ކޮމިޝަނު ދޮށަށެވެ. މި މުޒާހަރާގައި ޕީޕީއެމާއި ޕީއެންސީގެ އާންމު މެންބަރުންނާއި ޕާޓީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ބައިވެރިވި އެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ އިންތިހާބު އަވަސް ކުރުމަށާއި ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ދިނުމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށްވެސް ގޮވާލަމުންނެވެ.

އިދިކޮޅުން ބުނީ ތަކުރާރުކޮށް އިންތިހާބު ލަސްކުރަމުން ދިޔުމަކީ ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ ތާއީދު ނެތްކަން ސާބިތުވާ ދަލީލެއް ކަމަށެވެ.

މި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ދަނީ އެ ސަރަހައްދު ބަންދުކޮށްގެން ހަރަކާތްތެރިވަމުންނެވެ.

މަނީ ލޯންޑަރިންގްގެ ދައުވާ ސާބިތުވި މައްސަލަ އިސްތިއުނާފް ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ ރައީސް ޔާމީނަށް ކުރި ހުކުމް ރަނގަޅު ކަމަށް ނިންމައިފަ އެވެ. އެ މައްސަލާގައި ޕީޕިއެމް/ޕީއެންސީގެ ކައުންސިލުން ވަނީ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް