ރެޑްވޭވް އިން ނިއުޒިލޭންޑްގެ "މަޖަން" ބްރޭންޑުގެ ހިކިކިރު ތައާރަފުކޮށްފި

ނިއުޒިލޭންޑުގެ އުފެއްދުމެއް ކަމަށްވާ "މަޖަން" ބްރޭންޑުގެ ހިކިކިރު ރެޑްވޭވްއިން ތައާރަފު ކޮށްފި އެވެ. މަޖަން އަކީ މެދު އިރުމައްޗާއި، އެފްރިކާ އަދި މިނޫންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮލިޓީ ރަނގަޅު...

25 Jan 2021 | 07:13

ނިއުޒިލޭންޑުގެ އުފެއްދުމެއް ކަމަށްވާ "މަޖަން" ބްރޭންޑުގެ ހިކިކިރު ރެޑްވޭވްއިން ތައާރަފު ކޮށްފި އެވެ.

މަޖަން އަކީ މެދު އިރުމައްޗާއި، އެފްރިކާ އަދި މިނޫންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮލިޓީ ރަނގަޅު ހިކިކުރު ފޯރުކޮށްދިނުމުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. މިކުންފުނީގެ ނަމުން ނަންދެވިފައިވާ މަޖަން ހިކިކިރަކީ ވިޓަމިން އޭ އަދި ޑީ ހިމެނޭގޮތަށް ފައްކާކުރެވިފައިވާ ހިކިކިރެއް ކަމަށް ރެޑްވޭވް އިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ނައިޓްރޯޖަން ފްލަޝް ޕެކިންއެއް ރައްކާކުރެވި މިހިކިކިރު ބަންދު ކުރެވިފައިވަނީ އޭގެ އަސްލަށް އަދި ރަހައަށް ބަދަލު އައުމެއް ނެތި ދިގު މުއްދަތެއްގައި ހުންނާނެފަދަ ގޮތަކަށެވެ. އަދި މީގެ އިތުރުންވެސް މި ކިރު އުފެއްދުމުގައި ބޭނުން ކޮށްފައިވާ ސްޕްރޭ ޕްރޮސެސްގެ ސަބަބުން ފިނި އަދި ހޫނު ފެނުގައި، އަދި ކޮފީއާއި ސަޔާއި އެކު ފަސޭހަކަމާއި އެކު ގިރާލެވެއެވެ.

ރެޑްވޭވްއިން ބުނީ އެކުންފުނިން ހިކިކިރެއް ތައާރަފްކުރަން ނިންމާފައިވަނީ ބާޒަރުގައި ހިކި ކިރުގެ އަގު އިންތިހާއަށް އުފުލިފައިވާތީ އެވެ. އެގޮތުން މިވަގުތަކީ އާންމުންގެ އަތްމަތިދަތި ވަގުތަކަށްވުމާއި އެކު، އަމިއްލަ ހިކިކިރެއް ގެނެސް ރައްޔިތުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ނިންމީ ކަމަށެވެ.

މަޖަން ހިކިކިރު މިހާރު މާކެޓުގައި ހުރި ހިކިކިރަށްވުރެ 20 ޕަސެންޓާއި 30 ޕަސެންޓާއި ދެމެދު އަގުހެޔޮ ވާނޭކަމަށް ރެޑްވޭވްއިން ބުނެ އެވެ. މަޖަން ހިކިކިރު ރެޑްވޭވްގެ ހޯލްސޭލް ސެންޓަރުންނާއި މާލެ އަދި ހުޅުމާލޭގައިވާ ރެޑްވޭވްގެ ފިހާރަތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް