ކޯވިޑް-19 ކޭސްތައް އަނެއްކާވެސް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ކޯވިޑް ޖެހިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް މައުމޫން ފަރުވާ ހޯއްދެވި އެވެ.
މިއަދު މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު ކޯވިޑް-19 ފެތުރެމުން އަންނަނީ ވަރަށް ހަލުވިމިނެއްގައި ކަމަށެވެ. މިކަމާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އަދި ވީހާވެސް އަވަހަކަށް ކޯވިޑާއި ގުޅިގެން ފިޔަވަޅުތައް އަޅަން މައުމޫން ގޮވާލެއްވިއެވެ.
https://twitter.com/maumoonagayoom/status/1353581303874998272
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އެކަނި ރާއްޖެއިން 108 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް