އެންމެ ފަހުން ސޫރަތެއްގެ މާނަ ކިޔާލީ ކޮން ދުވަހަކު؟ ޢަލަޤް ސޫރަތުގެ މާނަ ކިޔާލަމާ!

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ رحمن ވަންތަ رحيم ވަންތަ ﷲ ގެ اسم ފުޅުން ފަށައިގަންނަމެވެ. اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ (އަލްޢަލަޤް - 1) ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނ...

25 Jan 2021 | 06:39

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ

رحمن ވަންތަ رحيم ވަންތަ ﷲ ގެ اسم ފުޅުން ފަށައިގަންނަމެވެ.

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ (އަލްޢަލަޤް - 1)

ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ.

خَلَقَ الْإِنسَانَ مِنْ عَلَقٍ (އަލްޢަލަޤް - 2)

ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ.

اقْرَأْ وَرَبُّكَ الْأَكْرَمُ (އަލްޢަލަޤް - 3)

ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.

الَّذِي عَلَّمَ بِالْقَلَمِ (އަލްޢަލަޤް - 4)

އެކަލާނގެއީ، قلم ން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ.

عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ (އަލްޢަލަޤް - 5)

އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.

كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ (އަލްޢަލަޤް - 6)

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ.

أَن رَّآهُ اسْتَغْنَىٰ (އަލްޢަލަޤް - 7)

އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ.

إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ (އަލްޢަލަޤް - 8)

ހަމަކަށަވަރުންް، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.

أَرَأَيْتَ الَّذِي يَنْهَىٰ (އަލްޢަލަޤް - 9)  عَبْدًا إِذَا صَلَّىٰ (އަލްޢަލަޤް - 10)

އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟

أَرَأَيْتَ إِن كَانَ عَلَى الْهُدَىٰ (އަލްޢަލަޤް - 11) أَوْ أَمَرَ بِالتَّقْوَىٰ (އަލްޢަލަޤް - 12)

ތިބާ خبر ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوى ވެރިވުމަށް أمر ކުރިނަމަވެސް ހެއްޔެވެ؟

أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ (އަލްޢަލަޤް - 13)

ތިބާ خبر ދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟

أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ (އަލްޢަލަޤް - 14)

ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟

كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ (އަލްޢަލަޤް - 15)

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.

نَاصِيَةٍ كَاذِبَةٍ خَاطِئَةٍ (އަލްޢަލަޤް - 16)

އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ

فَلْيَدْعُ نَادِيَهُ (އަލްޢަލަޤް - 17)

ފަހެ، އޭނާޔާއެކު جلسة ކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ!

سَنَدْعُ الزَّبَانِيَةَ (އަލްޢަލަޤް - 18)

ނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكة ންނަށް ގޮވައިލައްވާހުށީމެވެ.

كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب ۩ (އަލްޢަލަޤް - 19)

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި سجدة ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި) اللَّه ގެ حضرة އަށް (ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!

މާނައިގެ ޞައްޙަކަން ބަލާފައި ވަނީ: "ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް (2008)- 'ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާ'" އިން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް