ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް ވަޒީފާއަށް ވަނުމުގެ ފުރުސަތު

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ހުޅުވާލާފައި ވާނެކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިއީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އަދާކުރަން ޖެހޭ ވަޒީފާއެކެވެ...

25 Jan 2021 | 05:56

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ހުޅުވާލާފައި ވާނެކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އަދާކުރަން ޖެހޭ ވަޒީފާއެކެވެ. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ގިނަ ޝަރުތުތަކެއް ހުންނަން ޖެހެއެވެ.

https://twitter.com/PoliceMv/status/1353579020646977536

މީގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް، އައިޑ ކާޑުގެ ކޮޕީ، އެކްރެޑިޓްކޮށްފައިވާ  ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީގެ އިތުރުނއ، ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. މީގެ އިތުރން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ ދެ ފޮޓޯގެ އިތުރުން އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްނަމަ، ލައިސަންސްގެ ކޮޕީވެސް ހުށަހަޅަން ޖެހެއެވެ. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއް ނަމަ އެވަޒީފާ އަދާކުރި ތަންތަނުގައި ވަޒީފާ އަދާކުރިކަމުގެ ލިޔުން ވެސް ފޯމާއެކު ހުށަހަޅަން ޖެހެއެވެ.

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖަނަވަރީ 24 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް