ކުކުޅެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި މީހަކު 10،000 ޑޮލަރު ހޭދަކޮށްފި

ކޮލޮރާޑޯގައި އަންހެނަކު، އޭނާ ގެންގުޅޭ ކުކުޅެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި10،000 ޑޮލަރު ހޭދަކޮށްފިއެވެ. އެ ކުކުޅަށް ދީފައިވާ ނަމަކީ 'ބްލޫ' އެވެ. ބްލޫގެ ހިތުގެ ސާޖަރީއާއި އެހެނިހެން ކަންކަމަށް10،...

25 Jan 2021 | 05:19

ކޮލޮރާޑޯގައި އަންހެނަކު، އޭނާ ގެންގުޅޭ ކުކުޅެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި10،000 ޑޮލަރު ހޭދަކޮށްފިއެވެ.

އެ ކުކުޅަށް ދީފައިވާ ނަމަކީ 'ބްލޫ' އެވެ. ބްލޫގެ ހިތުގެ ސާޖަރީއާއި އެހެނިހެން ކަންކަމަށް10،000 ޑޮލަރު ހޭދަކުރަން ޖެހުނީ އެ ދޫނީގެ ފުރާނަ ސަލާމަތް ކުރަން ކަމަށް ވެއެވެ.

ސެލެޓާ ނޮތެންގެލް ނަމަކަށްް ކިޔާ މި އަންހެންމީހާ އަށް މި ކުކުޅު ފެނިގެން ގަނެފައިވަނީ 12 ޑޮލަރަށެވެ. ބްލޫ ގަތް ދުވަހުން ފެށިގެން ނޮތެންގެލްގެ ހިތުގައި އެ ދޫނީގެ މައްޗަށް އޮތް ލޯބި ފަނޑުވެގެން ނުދެއެވެ. ކުކުޅު ގެންގުޅޭ އެހެން މީހުންނާ ޚިލާފަށް ނޮތެންގެލް 'ބްލޫ' އަށް ކާންދެނީ އިންސާނުންވެސް ކާ ކާނާއެވެ. އަދި ނިންދަވަނީވެސް އޭނާ ކައިރީގައެވެ.

ބްލޫގެ ސާޖަރީއަށް ހޭދަވީ 30 މިނެޓެވެ. ސާރަޖީއަސް ފަހު 12 ގަޑިއިރު ވީއިރު ބްލޫ އެއްކޮށް ރަނގަޅު ވެފައިވާ ކަން ފާހަގަ ކުރެވެން ފެށިއެވެ. އޭގެ ފަހުގައި ހަމަ ކުރިންވެސް އުޅުނު ގޮތަށް، ކައިބޮއެ ހިނގާހަދަން ފެށިއެވެ.

ނޮތެންގެލް ބުނެފައި ވަނީ، އަމިއްލަ ދަރިންނާއި، ގެންގުޅޭ ކުއްތާއަށް ކަމެއް ދިމާވިޔަސް މީހުން ބޮޑު ޚަރަދު ކުރާނެ ކަމަށެވެ. ނަމަވެސް ކުކުޅަކަށް އެވަރުގެ ޚަރަދެއް ކުރުމުން މީހުން އަޖައިބު ވާ ކަމަށެވެ.

ނޮތެގްގެލް ބުނެފައި ވަނީ މިފަދަ ކަމެއް ކުރިއަށް އޮތް ތާނގައި ދިމާވެއްޖެ ނަމަ އަދިވެސް މިފަދަ ޚަރަދެއް ކުރާނެ ކަމަށެވެ. ސަބަބަކީ އެއީ އާއިލާގެ ބައެއްކަމަށް ދެކޭތީކަން ނޮތެންގެލް ފާހަގަކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް