އެންމެން އިންތިޒާރު ކުރި ވަރުން އާއި ނަތާޝާ ކައިވެނިކޮށްފި

ބޮލީވުޑް ތަރިންގެ ކައިވެނީގެ ތެރެއިން މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރީ ވަރުން ދަވަން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެންޏަށެވެ. އެ ކައިވެނި އިއްޔެ ވަނީ ކޮށްފައި އެވެ. ބޮލީވުޑްގައި ކާމި...

25 Jan 2021 | 04:50

ބޮލީވުޑް ތަރިންގެ ކައިވެނީގެ ތެރެއިން މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރީ ވަރުން ދަވަން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެންޏަށެވެ.

އެ ކައިވެނި އިއްޔެ ވަނީ ކޮށްފައި އެވެ. ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެމުން އަންނަ ވަރުން ކައިވެނި ކޮށްފައި މިވަނީ އޭނާ ކައިވެނި ކުރަން އުޅޭކަމަށް ބުނެ ވާހަކަ ދެކެވޭތާ ތިން އަހަރު ފަހުންނެވެ.

ވަރަށް ކުލަގަދަކޮށް އެމީހުންގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ މަހާރާސްޓްރާގެ މުމްބާއީގެ ގޮނޑުދޮށް ސަރަހައްދެއްގައި އޮންނަ ޓައުނެއް ކަމަށްވާ އަލިބާގް ގައި އެވެ. މި ހަފްލާގައި ދެ ފަރާތު އާއިލާ އާއި ރަހުމަތްތެރިންގެ އިތުރުން 40-50 ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވި އެވެ.

މިމަހުގެ 22-25 އަށް ކުރިޔަށްގެންދިޔަ ވަރުންގެ ކައިވެންޏާއި ގުޅޭ ހަފުލާތަކުގައި ބައިވެރިވި މީހުންގެ ތެރޭގައި ޑައިރެކްޓަރުން ކަމަށްވާ ކަރަން ޖޯހަރާއި ކުނާލް ކޯލީ އާއި ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ހިމެނެ އެވެ.

ކައިވެނީގެ ހަފުލާގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށް ވަރުން ބުނެފައި ވަނީ ކައިވެންޏަކީ އޭނާ އާއި ނަތާޝާގެ ޒަމާންވީ ގުޅުން ރަސްމީވުން ކަމަށެވެ. ވަރުންގެ ކައިވެނީގެ ރިސެޕްޝަން މި މަހުގެ 26 ގައި މުމްބާއީގައި ބާއްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ވަރުންގެ ދެމަފިރިން ހަނީމޫނަށް ދިޔުމަށް ހަމަޖެހިފައިވަނީ ތުރުކީއަށެވެ.

މި އަހަރު ދެން ބޮލީވުޑުން ފެންނާނެ ކަމަށް ބެލެވޭ ބޮޑު ކައިވެންޏަކީ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް