ސަފާރީއެއްގައި ރޯވެ، ބޮޑުބައި އަނދާ، ސަފާރީ އަޑިއަށް

ސަފާރީއެއްގައި އަލިފާން ރޯވެ، ފެނުންމަތީ އޮންނަ ބައި އެކުގައިހެން އަނދާ ހުލިވެ ސަފާރީގެ ބާކީބައި އަޑިއަށް ހިނގައްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެ ސަފާރީއަކީ ހުޅުމާލ...

25 Jan 2021 | 03:46

ސަފާރީއެއްގައި އަލިފާން ރޯވެ، ފެނުންމަތީ އޮންނަ ބައި އެކުގައިހެން އަނދާ ހުލިވެ ސަފާރީގެ ބާކީބައި އަޑިއަށް ހިނގައްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެ ސަފާރީއަކީ ހުޅުމާލެއިން ފުރައިގެން ހދ. ހަނިމާދުއަށް ދަތުރުކުރަމުންދިޔަ "ނޯޓިލަސް ވަން" ނަމަކަށްކިޔާ ސަފާރީއެކެވެ.

"ސަފާރީގައި ކ. ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލު ބޭރުން އަލިފާން ރޯވިކަމަށް، ސަފާރީގައި ތިބި ހަ މީހުން ޑައިވިން ދޯނީގައި ކަމަށް" ސިފައިން ބުނެފައިވެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުނީ ދަންވަރު 3:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ފަޔަރ ޓީމުން އަލިފާން ނިއްވަމުންދަނިކޮށް، ސަފާރީ އަޑިއަށް ގޮސްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އިތުރަށް ބުނެފައިވަނީ އެ ސަފާރީގައި ފަތުރުވެރިން ނެތްކަމަށާއި ތިބި ހަ މީހުންނަކީ ފަޅުވެރިން ކަމަށެވެ. އެއީ ފަސް ދިވެއްސަކާއި ބިދޭސީއެއް ކަމަށާއި އެކަކަށްވެސް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް