ކ.ގިރާވަރުގެ ހަތަރު މޭލު ބޭރުން، މީހަކު ނެތި ކަނޑުމަތިން އޮޔާ ދަނިކޮށް ލޯންޗެއް ފެނިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ގިރާވަރު ކައިރި އަލިހުރަސްކަނޑު ތެރެއިން ލޯންޗެއް އޮޔާދާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 07:15 ހާއިރު، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް 110 ނަންބަރު ލޯންޗާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓް ދަހަރާ ލޯންޗު، އޮޔާދާ ލޯންޗު އޮތް ސަރަޙައްދަށް ވަނީ ގޮސްފައި ކަމަށެވެ.
"ސަހާ ސްޓާރ" ނަމަކަށް ކިޔާ މި ލޯންޗު އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނުނުއިރު، އެ ލޯންޗުގައި އިންޖީނެއް ނެތް ކަމަށާއި އަދި، އެ ލޯންޗު ވަނީ ވަރަށް ބޮޑަށް ދިޔަވެފައެވެ. މި ލޯންޗަކީ ގާތްގަނޑަކަށް 26 ފޫޓްގެ ލޯންޗެއް ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މި ލޯންޗު ފެނުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް