ކެއަރ ސޮސައިޓީއިން، ޚާއްސަ އެހީއަށްބޭނުންވާ ކުދިންނަށް ޚިދުމަތްދޭ ސެންޓަރގެ ކުލިއެއްއަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯއިން ދޭގޮތަށް ހަމަޖައްސައި އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.
އެސްޓީއޯއިން ހާމަކުރާގޮތުގައި މިއަދު އެސްޓީއޯ ހެޑްއޮފީހުގައި ސޮއި ކުރެވުނު މިއެއްބަސްވުމަކީ އެސްޓީއޯއިން ހިންގާ ސީއެސްއާރު ޙަރަކާތްތަކުގެތެރެއިން ކެއަރ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެވެ. މިގޮތުން 2014 އަދި 2015 ވަނައަހަރުވެސް އެސްޓީއޯއިން ވާނީ ކެއަރސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމުގައި އެސްޓީއޯއިން ހާމަކުރެ އެވެ.
އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް މުޞްލިޙް މަސީޙުއެވެ. އަދި ކެއަރ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ އެންޖީއޯގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް އަލްފާޟިލާ ޝިޔާނާ ޝަމީމްއެވެ.
އެސްޓީއޯގެ ސީއެސްއާރު ޙަރަކާތްތަކުގެ ތެރެއިން 2 ޖެނުއަރީ 2017 ވަނަ ދުވަހު ވަނީ ހެލްތް މިނިސްޓްރީއާއި އެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން، ހެލްތް މިނިސްޓްރީ އިން ކ. ގުރައިދޫގައި ހިންގާ ޚާއްސަ އެހީއަށްބޭނުންވާ މީހުންގެ މަރުކަޒުގެ ދެ މުއައްޒަފެއްގެ މުސާރަ އެއްއަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯއިން ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް