ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިލަފުށިން މީހަކު ހައްޔަރުކޮށްފި އެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ 11 ރަބަރު ޕެކެޓާ އެކުގަ އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށައް ގެންގޮސްފައިވަނީ 49 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮ ސްފައިވަނީ ތިލަފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ޖެނުއަރީ 22 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ތިލަފުށީ މެރީޑިއަމް ސައިޓާއި ދިމާލު އަތިރިމަތިން ކަމުގައި ފުލުހުން ބުނެ އެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ގަމީހުގެ ޖީބުންނާއި ޖިންސު ޖީބުން ފެނުނު ސިނގިރޭޓް ފޮއްޓެއްގެ ތެރެއިންނާއި ޖިންސްގެ ކުރިމަތީ ކުޑަ ޖީބުތެރެއިން ކަމަށާއި އެގޮތުން އޭނާގެ ގަމީހުގެ ޖީބުން ރަބަރު ޕެކެޓެއް ފެނިފައިވާއިރު އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން ފެނުނު ސިނގިރޭޓް ފޮށިތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވާއިރު އަދި ޖިންސުގެ ކުޑަ ޖީބު ތެރެއިންވެސް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާކަމުގައި ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް