ފަލަސްތީނުގެ އުތުރު ބިތުގައި އިތުރު 2500 ގެ އެޅުމަށް އިޒްރޭލުން ނިންމައިފި އެވެ. މިއީ އެމެރިކާގެ ރައީސްކަމާ ޑޮނާލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތްތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިޒްރޭލުން ނިންމި މިފަދަ ދެވަނަ ނިންމުމެވެ. މިފަދަ ނިންމުންތައް ނިންމުން ގިނަވެފައިމިވަނީ މިފަދަ ކަންކަމުގައި ޓްރަމްޕް އިޒްރޭލަށް ތާއީދު ކުރާނެތީ ކަމުގައި ބެލެވެ އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން އުތުރު ބިތުގައި ގެތައް އެޅުން މަޖުބޫރުވެފައިވާކަމަށެވެ.
ފަލަސްތީނުގެ އުތުރު ބިތަކީ ކުރީން ފަލަސްތީނުގެ ފުރިހަމަ ބާރު އޮންނަ ފަލަސްތީނުގެ ބިމެއް ނަމަވެސް 1967 ގެ މެދުއިރުމަތީގެ ހަނގުރާމައިގެ ފަހުން އިޒްރޭލުން އަންނަނީ އެ ބިމުގައި އަތްގަދަކޮށް ގެތައް އަޅަމުންނެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ތިން ލައްކަ ފަންސާސް ހާހަށްވުރެ ގިނަ ގެ އިޒްރޭލުން އެ ސަރަހައްދުގައި އަޅާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް