ސީރިޔާ ހަނގުރާމައިގާ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ފަސް ބިލިއަން ޑޮލަރު ބޭނުންވޭ

ސީރިޔާގެ ދާހިލީ ހަނގުރާމައާއި ގުޅިގެން ރެފިއުޖީންގެ ގޮތުގައި ކައިރި ގައުމުތަކަށް ހިޖުރަކޮށްފައިވާ ފަރާތްތަކަށް އެހީވުމަށް 4.63 ބިލިއަން ޑޮލަރު މި އަހަރު ބޭނުންވާނެ ކަމުގައި އދ ގެ އެޖެންސީތަކާއި އެހީދޭ...

25 Jan 2017 | 03:57

ސީރިޔާގެ ދާހިލީ ހަނގުރާމައާއި ގުޅިގެން ރެފިއުޖީންގެ ގޮތުގައި ކައިރި ގައުމުތަކަށް ހިޖުރަކޮށްފައިވާ ފަރާތްތަކަށް އެހީވުމަށް 4.63 ބިލިއަން ޑޮލަރު މި އަހަރު ބޭނުންވާނެ ކަމުގައި އދ ގެ އެޖެންސީތަކާއި އެހީދޭ އެހެނިހެން ޖަމާއަތްތަކުން ބުނެފި އެވެ.

ރެފިއުޖީންގެ އަދަދު 13.5 މިލިއަނަށް އަރާފައިވާއިރު މި އަހަރު ހަރަދުވާނެކަމަށް ޖަމިއްޔާ ޖަމާއަތްތަކުން ބުނެފައިވާ އަދަދަކީ އދ އިން ކުރިން އަންދާޒާކުރި އަދަދަށްވުރެ ބޮޑު އަދަދެކެވެ. ކުރިން އަންދާޒާކޮށްފައިވަނީ 3.4 ބިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށެވެ.

މިކަން ހާމަކުރަމުން އދ އިން ރެފިއުޖީންނަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރު ފިލީޕޯ ގްރާންދީ ބުނެފައިވަނީ ސީރިޔާ އަދި އެހެނިހެން ގައުމުތަކުގެ ރެފިއުޖީންނަށް އިންތިހާއަށް އެހީތެރިކަން ބޭނުންވާކަމަށާއި މިކަމުގައި މުޅިދުނިޔޭގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ނިމިދިޔަ 2016 ވަނަ އަހަރު އެހީވުމަށް 4.45 ބިލިއަން ޑޮލަރު ލިބުނު އިރު 1.8 ބިލިއަން ޑޮލަރު އިތުރަށް ބޭނުންވި ކަމަށެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މި ހަނގުރާމައާއި ގުޅިގެން އެތައް މިލިއަން ބަޔަކު ވަނީ ގައުމު ދޫކޮށް ހިޖުރަކޮށްފަ އެވެ. ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ ރެފިއުޖީ ކޭމްޕްތަކުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް