ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން އިއްޔެ، ފުލުހުން ގޮސް ލ.ގަމު ކައުންސިލް އިދާރާ ބަލާ ފާސްކޮށްފައިވާއިރު މިރޭގެ ވަގުތެއްގައި އެ ކައުންސިލްގެ ނައިބު ރައީސާއި ކައުންސިލްގެ އިދާރީ ދެ މުވައްޒަފަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ ފަރާތުން އަދި އެއްވެސް ބަހެއް ލިބިފައި ނުވި ނަމަވެސް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަހުމަދު ސަލާހް އާއި އިދާރީ ދެ މުވައްޒަފަކު ހައްޔަރުކުރިކަން ނުރަސްމީކޮށް ފުލުހުން ކައުންސިލްގެ ރައީސަށް އަންގާފައިވާކަމަށާއި އެކަން ރަސްމީކޮށް މާދަމާ އަންގާނެ ކަމަށް ފުލުހުން ބުނެފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ގަމު ކައުންސިލް އިދާރާ އަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލާ ފާސްކުރީ އެ ރަށުން ގޯތި ދުކުރުމުގައި ކައުންސިލްގެ ބައެއް މެމްބަރުންނާ ގުޅުން ހުރި ފަރާތްތަކަށް ގޯތި ދޫކުރަމުން ދިޔަ މައްސަލައަކާ ގުޅިގެންނެވެ.
"ގޯތިތަކެއްގެ މައްސަލައެއްގަ ފުލުހުން ކައުންސިލް އިދާރާ ފާސްކުރީ، މިހާރު ހައްޔަރު ކޮށްފައިތިބި ތިން މީހުންގެ ކޮމްޕިއުޓަރުގެ ހާޑް ޑިސްކާއި ބައެއް ލިޔެކިޔުންތައް ފުލުހުންގެ ބެލުމުގެ ދަށަށް އެދުވަހު ގެންދިޔަ" ޝިޔާމް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ތިން މީޙުންވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް