ފުވައްމުލަކުން މާލެ އަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ކ. މަނިޔަފުށި ކައިރިން ފަރަށް އެރުމާ ގުޅިގެން އަޑި އަށް ދާ ކަމަށް އެމްއެންޑިއެފުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހާދިސާ ހިނގި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައި ވަނީ މިރޭ 9:30 ހާއިރު ކަމަށާއި އެ ދޯނި އަދި އެއްކޮށް އަޑިއަށް ނުދާ ކަމަށެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލް މެމްބަރު ހުސެއިން ސައީދު "ދުވަހަށް ވިދާޅުވީ" ފަރަށް އެރީ މުދާ އުފުލާ ބޯޓެއް ކަމަށްވާ އެރަށު "ވީނަސް" ބޯޓު ކަމަށާއި ފަރަށް އެރި އިރު ކޮންމެވެސް ވަރަކަށް ޕަސެންޖަރުން ތިބި ކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ އެ ބޯޓު ފަރަށް އެރީ އިންޖީނު ހުއްޓިގެން އޮޔާ ގޮސް ކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި އެމްއެންޑީއެފްގެ އެހީގައި މިހާރު މީހުން ސަލާމަތްކޮށްފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ.
ވީނަސް ދޯނީގެ އޮޑިވެރިފަރާތްކަމުގައިވާ އަލީ ހުސެއިން "ދުވަހަށް" ވިދާޅުވީ ދޯނީގެ އިންޖީނު ހުއްޓުމާއެކު ފުލުހުންނާއި އެމްއެންޑީއެފަށް އެންގި ކަމަށާއި ދޯނި ފަރަށް އަރާފައިވާއިރު ދޯނީގައި ތިބި ޕަސެންޖަރުން އަރުވައިގެން އެމްއެންޑީއެފުން މިހާރު ނައްޓާލާފައި ވާކަމަށެވެ.
"އޮޑީގައި ހުންނާނެ ފަސް ވަރަކަށް މިލިއަން ރުފިޔާގެ މުދާ، އެއްވެސް ފަރާތަކުން އެ ސަލާމަތް ކޮށްދޭކަށް އަދި ނޫޅޭ، އައި ލޯންޗުތައްވެސް މިހާރު ނައްޓާލައިފި، ދަތުރު ކުރި އެއްވެސް މީހަކަށް ނަސީބަކުން ގެއްލުމެއް ނުވޭ" އޮޑިވެރިޔާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ހުސެއިން އަލީ ވިދާޅުވީ އަޑިއަށް ދިޔަ ބޯޓުން 24 މީހަކު އެމްއެންޑީއެފްގެ އެހީގައި ސަލާމަތްކޮށް މާލެއާ ދިމާއަށް މިހާރު ދަތުރު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް