ސިޔާސީ މަސްރަހާ ބެހޭގޮތުން ރައީސް ޔާމީނާއި ރައީސް މައުމޫން މަޝްވަރާ ކުރައްވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ. ‏ ‏...

25 Jan 2015 | 10:27

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

‏ ‏މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ‏‏‏މިބައްދަލުކުރެއްވުމުގައި، ރައީސް ‏ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމުގެ ސަރުކާރުން ކުރިއަށްގެންދަވާ ‏‏ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ބެހޭގޮތުންނާއި، ޤައުމުގެ ސިޔާސީ މަސްރަޙު މިހާރު ‏‏އޮތްގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

‏ރައީސް އޮފީހުން ވިދާޅުވީ މިބައްދަލުކުރެއްވުމުގައި ޕީ.ޕީ.އެމް. ގެ ރައީސް އަލްއުސްތާޛު މައުމޫން ‏‏ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުގައި، ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށާއި، ސަރުކާރުން ‏‏ރައްޔިތުންނަށް ފޯރުކޮށްދެއްވަން ‏‏ބޭނުންވާ ޚިދްމަތްތަކެއް ފޯރުކޮށްދެއްވުމުގައި ޕާޓީގެ ފަރާތުން ‏‏ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް މިސަރުކާރަށް އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ‏‏ޔަޤީންކަން ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމަށް‏ ދެއްވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް