އެމްއޭސީއެލްގެ އެމްޑީގެ މަގާމަށް ބޭފުޅެއްގެ ނަން ފޮނުވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޔާމީން، ބޭފުޅެއްގެ ނަން ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށަހަޅުއްވައިފި އެވެ. ދުވ...

25 Jan 2015 | 10:12

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޔާމީން، ބޭފުޅެއްގެ ނަން ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށަހަޅުއްވައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ އެ މަގާމަށް ބޭފޫޅެއްގެ ނަން ފޮނުވާފައިވާކަމަށާއި ނަން ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ސަލީމް (ބަންދު ސަލީމް) މަގާމުން ވަކި ކުރެއްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް