ނިލަންދޫގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

ފ. ނިލަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ހުޅުވައިފި އެވެ. މިކަމަށްޓަކައި އެރަށުގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ބީއެމްއެ...

25 Jan 2015 | 09:37

ފ. ނިލަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ހުޅުވައިފި އެވެ.

މިކަމަށްޓަކައި އެރަށުގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ބީއެމްއެލް ނިލަންދޫ ބްރާންޗް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.

ބީއެމްއެލް އިން ބުނީ ނިލަންދޫގައި ހުޅުވުނު އެބޭންކުގެ ބްރާންޗުން ބޭންކުގެ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި އޭޓީއެމް، ކާޑު، އަދި އިސްލާމިކް ބޭންކިންގެ ހިދުމަތް ހިމެނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ނިލަންދޫގައި މިއަދު ހުޅުވުނު ބުރާންޗް ރަމްޒުކޮށްދެނީ އަތޮޅު ތެރެއަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށާއި އަދި ބޭންކިންގެ ހިދުމަތް ނުލިބޭ އާބާދީތަކަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލް ކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ.

ރާއްޖޭގެ އެންމެ އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅެއްގައި ބީއެމްއެލްގެ ބްރާންޗްހުރި އިރު ނިލަންދޫގައި މިއަދު ހުޅުވި ބްރާންޗަކީ ބީއެމްއެލްގެ 27 ވަނަ ބްރާންޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް