ކަލައިދޫ ރައްޔިތުން ދެ ދުވަހުގެ މަސައްކަތުން 10 ފޫޓުގެ ކިނބުލެއް ހިފައިފި

ލ.ކަލައިދޫ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ނިކުމެ، އެރަށު ފަޅުތެރޭގައި އުޅުނު 10 ފޫޓުގެ ކިނބުލެއް ހިފައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބުރައީސް ހުސެއިން ހަލީލް ވިދާ...

25 Jan 2015 | 08:21

ލ.ކަލައިދޫ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ނިކުމެ، އެރަށު ފަޅުތެރޭގައި އުޅުނު 10 ފޫޓުގެ ކިނބުލެއް ހިފައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބުރައީސް ހުސެއިން ހަލީލް ވިދާޅުވީ އެ ކިނބޫ އެންމެ ފުރަތަމަ ފެނުނީ އިއްޔެގެ ވަގުތެއްގައި ރަށުގެ ތޮށިމަތިން ކަމަށާއި ފެނުމުން ފުލުހުންނާއި ރައްޔިތުން ނިކުމެ އެ ހިފަން މަސައްކަތް ކުރި ކަމަށެވެ.

"އެންމެ ފުރަތަމަ ފެނުނީ އިއްޔެ، ފުލުހުންނާ ރައްޔިތުންނާ އެ ހިފަން އުޅުމުގެ ތެރޭގައި ފިލީ، މިއަދު 6 ޖަހާ އެހާކަންހާއިރު ވިލު ތެރެއިން ފެނުނީ، ކައުންސިލުންނާ ރައްޔިތުން ނިކުމެ ކުރި މަސައްކަތުން އަތުލައިގަތީ" ހުސެއިން ހަލީލް ވިދާޅުވި އެވެ.

ހަލީލް އިތުރަށް ވިދާޅުވީ މިހާރު އެ ކިނބޫ އޮތީ އެރަށު ގަހެއްގެ ދަށުގައި ތުން ބަނދެފައި ކަމަށާއި އެމްއެންޑީއެފުން އެ ކިނބުލާ ހަވާލުވާން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް