ލަންކާ ނޫނީ ދިވެހިންގެ ބަޔަކު އޮބާމާއަށް ހަމަލަ ދީފާނެ: އިންޑިއާ އިންޓެލް

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެމެރިކާގެ ރައިސް ބަރަކް އޮބާމާ، މާދަމާ އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު ސްރީލަންކާ ނޫނީ ދިވެހިރާއްޖެއަށް ނިސްބަތްވ...

25 Jan 2015 | 02:23

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެމެރިކާގެ ރައިސް ބަރަކް އޮބާމާ، މާދަމާ އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު ސްރީލަންކާ ނޫނީ ދިވެހިރާއްޖެއަށް ނިސްބަތްވާ ބަޔަކު އޮބާމާއަށް ހަމަލާއެއް ދީފާނެ ކަމަށް އިންޑިއާގެ އިންޓެލިޖެންސީތަކުން އެގައުމުގެ ފުލުހުންނަށް އަންގައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ މި ސަބަބަށްޓަކައި ދިގުމުއްދަތަކަށް އިންޑިއާގައި އުޅޭ އަދި ވިސާގެ މުއްދަތު ހަމަވެފައިވާ ލަންކާ އަދި ރާއްޖޭގެ ރައްޔިތުންގެ ހަރަކާތްތައް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ގާތުން ބަލަމުން އަންނަ ކަމަށެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ ޝައްކުވާހެން ހީވާ ދިވެހިންނަށާއި ލަންކާގެ ރައްޔިތުންނާމެދު ސަމާލު ވުމަށް ޔޫޕީ ފުލުހުންނާއި ސީއައިއެސްއެފް އޮފިޝަރުންނަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

އޮބާމާގެ ދަތުރުފުޅުގައި އިންޑިއާގައި ތިން ދުވަހު މަޑު ކުރުމަށް ކުރިން ހަމަޖެހިފައިވީނަމަވެސް މިހާރު ވަނީ އެ ދަތުރުފުޅުގެ މުއްދަތު ކުރުކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް