މޫނު ބުރުގާ މައްސަލައިގާ އަލީ ރަމީޒުގެ ރައްދު: ތިގޮތަށް ފުއްޕި އެތައް އެއްޗެއް ﷲ ވަނީ ނެތި ކުރައްވާފައި !

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރަމުންދިޔަ އެއް ޓީޗަރަކު ވަޒީފާއިން ވަކިކޮށް އަނެއް ޓީޗަރަކަށް އަނގަބަހުން އިންޒާރު ދީފައިވާއިރު ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ދީނީ ކަންކަމުގައި އިސް...

31 Jan 2017 | 04:59

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރަމުންދިޔަ އެއް ޓީޗަރަކު ވަޒީފާއިން ވަކިކޮށް އަނެއް ޓީޗަރަކަށް އަނގަބަހުން އިންޒާރު ދީފައިވާއިރު ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ދީނީ ކަންކަމުގައި އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒު އޭނާގެ ޓްވިޓަރ އެކައުންޓްގައި މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"ސަރުކާރުގެ އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެ: އެޑިއުކޭޝަން" މި ސުރުހީގެ ދަށުން މިއަދު ނޫހެއްގައި ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓް ޓްވިޓާގައި ޝެއަރ ކުރައްވަމުން އަލީ ރަމީޒް ވިދާޅުވެފައިވަނީ މިގޮތަށް ފުއްޕި އެތައް އެއްޗެއް ﷲ ވަނީ ނެތި ކުރައްވާފައި ކަމަށެވެ. އަދި އިބުރަތް ހާސިލު ކުރުން ބުއްދިވެރި ކަމަށެވެ.

އެ ޓްވީޓަށްފަހު އަލީ ރަމީޒު ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި  "ﷲގެ ޝިއާރުތަކާއި ދެކޮޅު ހަދާނަމަ އެބައެއްގެ ނިމުން އަތުވެއްޖެކަން ޔަގީން ކުރާށެވެ" މިފަދައިން ވަނީ ވިދާޅުވެފަ އެވެ.

މި ޓްވީޓްތަކާއި ފޭސްބުކް ޕޯސްޓަކީ އަލީ ރަމީޒް އޭނާގެ ސޯޝަލް އެކައުންޓްތަކުން ޝެއާކޮށްފައިވާ ޕޯސްޓްތައްކަން އޭނާ ވަނީ ދުވަހަށް ކަށަވަރުކޮށްދެއްވާފަ އެވެ.

މި މައްސަލައާއި ގުޅިގެން އަލީ ރަމީޒު ދެ ޓްވީޓެއް ކުރައްވާފައިވާއިރު އޭނާގެ ފޭސްބުކް ޕޭޖްގައި މިކަމަށް ދުއާއެއް ކޮށްފައި ވެ އެވެ.

އެ ދުއާގައި ބުނެފައިވަނީ "އިބަ އިލާހުގެ ޝިއާރުތައް ނިކަމެތި ކުރާ މީހުން ގައި ހެވެއް ވާނަމަ އެއުރެންނަށް ތެދުމަގު ދެއްކެވުން އެދޭ ކަމަށާއި، އެހެން ނޫންނަމަ އިބަ އިލާހުގެ ވައުދުފުޅުގައި ވާފަދައިން އެބައިމީހުން ނިކަމެތި ކުރައްވައި އިބަ އިލާހުގެ ދީނަށް ނަސްރުދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް