ރައްޔިތުން ނިކުމެ ވެރިކަމުން ދުރުކޮށްފައިވާ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ބަންގްލަދޭޝް އަށް ފޮނުވައިދިނުމަށް ބަންގްލަދޭޝް އިން އިންޑިއާ ކުރެން އެދިއްޖެއެވެ.
ރައްޔިތުންގެ އިހުތިޖާޖު ކޮންޓްރޯލުން ނެއްޓުމުން ޝައިޚް ހަސީނާ ވަނީ ޤައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންފައެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން އިއްޔެ އިންޑިއާއަށްވަނީ ރަސްމީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ކޯޓު މަރުހަލާތައް ނިންމުމަށްޓަކައި ހަސީނާ އެ ގައުމަށް ފޮނުވައިދިނުން އެދޭ ކަމަށެވެ.
ބަންގްލަދޭޝްގެ އެ އެދުމާއިމެދު އިންޑިއާއިން އަދި ޝައިޚް ހަސީނާގެ އާއިލާއިންވެސް ހަސީނާގެ އާއިލާއިންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
20 އަހަރު ވަންދެން ބަންގްލަދޭޝްގައި ވެރިކަންކުރެއްވި ޝައިޚް ހަސީނާގެ އުމުރުފުޅަކީ 77 އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް