ހިޔާ ފްލެޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުލކުރި މީހުން ދޫކޮށްލައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓެއްގައި ރަހީނުކޮށްގެން މީހަކު ގެންގުޅުނު މައްސަލައިގައި12 މީހަކު ވަނީ މިދިޔަ ނޮވެމްބަރު މަހުގެ9 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލއިގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީގަށް ޑިސެންބަރު21 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ބަންދުގައި ތިބި މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް