ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވި ނުވަ މީހަކު މި މަހުގެ22 ގެ ނިޔަލަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެއީ ޖުމްލަ50،000 ރުފިޔާއިން ކަމަށެވެ. އަދި ނުވަ މީހުންގެ ތެރެއިން އެކަކު ވަނީ ސައިކަލު ދުއްވަމުން އީ ސިގިރޭޓެއް ބޭނުންކޮށްފައި ކަމަށްށާއި، އެ ފަރާތް10،000 ރިފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ޖޫރިމަނާ ކޮށްފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ރާއްޖޭގައި އީ ސިނގިރޭޓު ބޭނުންކުރުމާއި، ވިއްކުން އަދި ހިލޭ ބެހުން ވެސް ވަނީ އެ ގަވައިދުގެ މަތިން މަނާކޮށްފައެވެ.
މި ގާނޫނާއި ހިލާފުވެއްޖެ ނަމަ ގާނޫނާ ހިލާފުވި ކަމުގެ ޖޫރިމަނާ ކުރުމަށް މެސެޖު ލިބޭނީ ފޯނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް