ނ.ހޮޅުދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮތް ޒަކިއްޔާގެެ ދަރިފުޅު މޫސާ ރިމްޒީ (30އ) ބަންދުންދޫކޮށްލައިފިއެވެ.
ރިމްޒީ ހައްޔަރުކޮށްފައިވަނީ މި މަހު19 ވަނަ ދުވަހު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިނގައިގެން މި މަހުގެ 23 ވަނަ ދުހެވެ.
ރިމްޒީގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމް ކޯޓުން ވަނީ ޝަރުތުކުރުމަށް ފަހު ރިމްޒީ ބަންދުން ދޫކޮށްލާފައެވެ.
އަނިޔާވެރިކޮށް މަރާލާފައިވާ ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ހޮޅުދޫގައި ދޭތެރެއަކުން އަހުތިޖާޖު ކުރެއެވެ.
ފުލުހުން ބުނީ ޒަކިއްޔާގެ މަރާއި ގުޅިގެން ޝައްކު އުފެދޭ އެއްވެސް ނިޝާނެއް ހެއްކެއް އަދި ފެނިފައި ނުވާކަމަށެވެ.
އެހެން ނަމަވެސް އެ ރަށު ގިނަ ބަޔަކު ޒަކިއްޔާ އަމިއްލައަށް މަރުވެދާނެ ކަމަކަށް ގަބޫލެއް ނުކުރެއެވެ.
ޒަކިއްޔާގެ ހަށިގަނޑު ފެނުނު ގިނަ ބަޔަކު ބުނަނީ އަމިއްލައަށް އަމިއްލަ ހަށިގަނޑަށް އެހާ ބޮޑު ޒަހަމެއް ނުދެވޭނެ ކަމަށެވެ.
ޒަކިއްޔާގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނިފައިވަނީ އެ ގެއަށް ކުނި ނަގަން ވައިން ބިދޭސީ މީހަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް