ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުންގެ ސަސްޕެންސަން އުވާލައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެ ކޯޕަރޭޝަނަށް އައު މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ އެ ކުންފުނީގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރަން ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.
އެޗްޑީސީގެ ބޯޑުގެ ޗެއާމަން ފިޔަވައި އެމްޑީވެސް ހިމެނޭހެން ހުރިހާ މެންބަރުން ސަސްޕެންޑް ކުރީ ބިންވެރިޔާ، ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފެށި ތަހުގީގާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް