ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން މުހައްމަދު ނިހާދު ސަސްޕެންޑްކޮށްފިއެވެ.
ނިހާދު ސަސްޕެންޑްކޮށްފައިމިވަނީ ރޭގައި ޕީއެންސީން ބޭއްވި ޖަލްސާގައި ދެއްކި ވާހަކައަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.
އައްޑޫ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ނިމިދިޔަ ދައުރުގައި ކުރެއްވި ނިހާދު ރޭގައި ޕީއެންސީ ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖެއަށް ދެ މިލިޔަން ޓޫރިސްޓުން އަންނަން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި އެމްޑީޕީއިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށެވެ.
ނިހާދުގެ މި ވާހަކަފުޅާއި ގުޅިގެން އިދިކޮޅު އެމްޑީޕީއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދު ނޫސްބަޔާނެއްވެސް ނެރެފައެވެ. ނިހާދުގެ މި ވާހަކަފުޅު ތަހުގީގު ކުރުމަށްވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިއަދު ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް