އުމުރުން 25 އަހަރުގެ ނޭޕާލު އަންހެނަކު ނޮވެމްބަރު ނުވައެއްގައި މަރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ނޭޕާލު އަންހެނަކު ރޭޕުކޮށް މަރާލާފައިވާކަމަށް ރޭގައި އަޑު ފެތުރެން ފެށުމާއެކު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ.
މިއަދު ފުލުހުން ބުނެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ އީއާރަށް ގެންދިޔަ ނޭޕާލުގެ އަންހެނެއްކަމަށްވާ، އުމުރުން 25 އަހަރުގެ ކަންޗަން ދުންގެލް މަރުވެފައިވާ މައްސަލަ ނޮވެމްބަރު ނުވައެއްގައި ރިޕޯޓްކޮށްފައިވާކަމަށެވެ.
"ތަހުގީގަށް އެނގިފައިވާގޮތުގައި ކަންޗަން ދުންގެލް ހޮސްޕިޓަލަށް ގެންދިޔައީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމާ ގުޅިގެން، ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަންޗަން ގެ ޚަބަރު ހުސްވިކަން ފާހަގަކުރެވިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މެޑިކޯ-ލީގަލް ރިޕޯޓްގައި ކަންޗަން މަރުވިކަމަށް ފާހަގަކޮށްފައިވަނީ "Unknown" ކަމަށާއި ރިޕޯޓްގައި ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަކޮށްފައިނުވާކަމަށެވެ. އަދި ކަންޗަން އަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހެއްކަން އެނގިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ކަންޗަންގެ ހަށިގަނޑާ ސްޕޮންސަރ ގެ ފަރާތުން ހަވާލުވެފައި ނުވާތީ ކަންޗަން ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ހަވާލުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް