2025 އަކީ ކާމިޔާބު އަހަރަކަށް ހެދުމަށް، އަފީފާއި ނިކްއާ އެކު ހާއްސަ އިވެންޓެއް

ކުރިއަށް އޮތް 2025 އަކީ ކާމިޔާބު އަހަރަކަށް ހެދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރެޒޫމޯ މޯލްޑިވްސްއިން "ޑިސްކަވަރ ޔުއަރ ބްރޭކްތްރޫ އިޔަރ" ގެ ނަމުގައި ޚާއްޞަ އިވެންޓެއް 2024 ވަނަ އަހަރުގެ ޖަނަވަރީ 11 ވ...

24 Dec 2024 | 06:31

ކުރިއަށް އޮތް 2025 އަކީ ކާމިޔާބު އަހަރަކަށް ހެދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރެޒޫމޯ މޯލްޑިވްސްއިން "ޑިސްކަވަރ ޔުއަރ ބްރޭކްތްރޫ އިޔަރ" ގެ ނަމުގައި ޚާއްޞަ އިވެންޓެއް 2024 ވަނަ އަހަރުގެ ޖަނަވަރީ 11 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

މި އިވެންޓުގައި ބައިނަލްއަޤްވާމީ ދެ ކީނޯޓް ސްޕީކަރުންކަމުގައިވާ ނިކް ޖޯންސަން އާއި އަފީފް ޙުސައިން، 2025 ވަނަ އަހަރު ކާމިޔާބު އަހަރަކަށް ހެދުމަށް ބޭނުންވާ ސްޓްރެޓެޖީތައް ހިއްސާކޮށް، އެކަންކަން ޙާޞިލުކުރުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލުމަށް އެހީތެރިވެދެއްވާނެ އެވެ. މީގެ އިތުރުން، އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެރިއަރުގައި ކާމިޔާބު ހޯދުމަށްޓަކައި އެކުލަވާލަންޖެހޭ ޕްލޭންތަކާއި އެކަމަށް ބޭނުންކުރެވިދާނެ އުކުޅުތަކާ ބެހޭ މަޢުލޫމާތު ވެސް ފޯރުކޮށްދެއްވާނެ އެވެ.

މި އިވެންޓުގައި ނިކް އާއި އަފީފް އަލިއަޅުވާލައްވާނެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ:

  • 2024 ވަނަ އަހަރުގެ ކާމިޔާބީތަކާއި، ކުރިއެރުންތަކާއި، އުނގެނުނު ފިލާވަޅުތަކުގެ މައްޗަށް ވިސްނުން
  • މުސްތަޤުބަލުގެ ކާމިޔާބީއަށްޓަކައި މާޒީގެ ތަޖުރިބާތަކުން ޙާޞިލުކުރެވިދާނެ ޢިބުރަތްތައް
  • އަވަސް ކުރިއެރުންތައް ޙާޞިލުކުރެވިދާނެ ފުރުޞަތުތައް ދެނެގަތުނ
  • ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ނަފްސާނީގޮތުން ވަރުގަދަވުމަށް އެޅިދާނެ ފިޔަވަޅުތައް
  • ދިގު މުއްދަތުގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި މެންޓަރޝިޕްގެ ބޭނުން ހިފުން

އަފީފަކީ ދުނިޔޭގެ ވަރަށް ގިނަ އިވެންޓްތަކުގައި ކީނޯޓު ތަގުރީރުދެއްވާފައިވާ، ކުޅަދާނަ ޕަބްލިކް ސްޕީކާއެއްގެ އިތުރުން ފާހަގަކޮށްލެވޭ އެގްޒެކެޓިވް ކޯޗެކެވެ. ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ރިޒޯޓް ޗެއިން ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ޓެލެންޓް އެންޑް ކަލްޗާގެ ސީނިއާ ޑައިރެކްޓަރުގެ މަގާމު ފުރުއްވަމުން އަންނަ އަފީފަކީ، ރާއްޖޭގެ ހިއުމަން ރިސޯސަސް ޕްރޮފެޝަނަލުންގެ ޖަމިއްޔާ މާޕްގެ ނާއިބް ރައީސް ވެސް މެ އެވެ. އޭނާ އަކީ ހިއުމަން ރިސޯސަސް ސްޓްރެޓެޖީ އާއި ކަސްޓަމާ އެކްސްޕީރިއަންސް އަދި ލާނިން ޑިވެލޮޕްމަންޓުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެކެކެވެ.

ނިކް އަކީ ބައިނަލްއަޤްވާމީ ކީނޯޓް ސްޕީކަރެއްގެ އިތުރުން ހޮލިސްޓިކް ލީޑަރޝިޕް އަދި ވެލްބީއިންގެ ދާއިރާގައި ފާހަގަކުރެވޭ އެގްޒެކެޓިވް ކޯޗެކެވެ. އޭނާގެ އަމިއްލަ ތަޖުރިބާގެ އަލީގައި ކުރިއަށް ގެންދަވާ ސެޝަންތަކާއި، ފޯރުކޮށްދެއްވާ މެންޓަރޝިޕްތަކުން ދުނިޔޭގެ ފާހަގަކޮށްލެވޭ އެތައް ބަޔަކަށް ހިތްވަރު ލިބި، ކާމިޔާބީގެ މަންޒިލަށް ވާޞިލުވެފައިވެ އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނުގެ އޮޑިޓޯރިއަމްގައި، ޖެނުއަރީ 11 ވަނަ ދުވަހުގެ ހެނދުނު 9 އިން މެންދުރުފަހު 3 އަށް ބާއްވާ މި އިވެންޓުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ރަޖިސްޓަރޭޝަން ލިންކް: https://shorturl.at/0DYXU

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް