އެޗްޑީސީން ވަގަށްނެގި ލެޕްޓޮޕްތައް ހޯދިއްޖެ: ފުލުހުން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގަށްނެގި ލެޕްޓޮޕްތައް މިހާރު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މިރޭ 09:43 ހާއިރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ އެޗްޑީސ...

23 Dec 2024 | 19:29

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގަށްނެގި ލެޕްޓޮޕްތައް މިހާރު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ 09:43 ހާއިރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ އެޗްޑީސީއިން ފަސް ލެޕްޓޮޕް ވަގަށްނެގި މައްސަލަ ފުލުހުންނަށް މިއަދު ރިޕޯޓުކުރިކަމަށާއި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެއަށްފަހު ފުލުހުންގެ ތަރުޖަމާނު އޭސީޕީ އަހްމަދު ޝިފާން ވިދާޅުވީ މައްސަލަ ހުށަހެޅީ އެޗްޑީސީއިން ކަމަށާއި އެ ފަސް ލެޕްޓޮޕަކީ ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުގައި ހުރި ފަސް ލެޕްޓޮޕް ކަމަށެވެ. އަދި އެކަމުގައި ތުހުމަތުކުރެވޭ މީހާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ތުހުމަތުކުރެވޭ މީހާ ފުލުހުންނަށް އެއްބާރުލުން ދެމުން އަންނަކަން ޝިފާން މިރޭ 22:06 ހާއިރު ހާމަކުރެއްވުމަށްފަހު ދެންމެ ވިދާޅުވީ މިހާރު އެ ފަސް ލެޕްޓޮޕް ރިކަވަރ ކުރެވިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް