މީހުން ދިރިއުޅޭ ރަށެއްގައި ކްރިސްމަސް ފާހަގަކޮށްގެންނުވާނެ: ފުލުހުން

މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކްރިސްމަސް ފާހަގަނުކުރުމަށް ފުލުހުން އަންގައިފިއެވެ. ފުލުހުން މިކަން އަންގާފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ އައު އަހ...

24 Dec 2023 | 15:01

މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކްރިސްމަސް ފާހަގަނުކުރުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން މިކަން އަންގާފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ އައު އަހަރާ ގުޅިގެން ކްރިސްޓިއަން ދީނުގައި ފާހަގަކުރަމުންދާ ދުވަހެއް ކަމަށްވާ ކްރިސްމަސް ފާހަގަކުރުމަށްޓަކައި އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިއުމަށް މި ހިދުމަތުން އިލްތިމާސްކުރާކަމަށެވެ.

"މިއީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކަމެއްކަމުގައި ދަންނަވަން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ކްރިސްމަސް ފާހަގަކުރުމުގެގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށާއި މިފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ އަންގާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް