ދަ ޑިމޮކްރެޓްސްގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދަ ޑިމޮކްރެޓްސްގެ އަސާސީ ޤަވާއިދުގެ ދަށުން ޕާޓީގެ މުހިންމު ސިޔާސަތުތަކާއި ގުޅޭ މަސައްކަތްތައް ކުރުމަށް ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. ދަ ޑިމޮކްރެޓްސް އިން ކުރި...

24 Dec 2023 | 14:30

ދަ ޑިމޮކްރެޓްސްގެ އަސާސީ ޤަވާއިދުގެ ދަށުން ޕާޓީގެ މުހިންމު ސިޔާސަތުތަކާއި ގުޅޭ މަސައްކަތްތައް ކުރުމަށް ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން ކުރި އިއުލާނުގައި ބުނީ ދާއިމީ ކޮމިޓީތަކުގެ ފަންނީ މެމްބަރުން ކުރާނީ ޕާޓީގެ މުހިންމު ސިޔާސަތުތަކާއި ގުޅޭ މަސައްކަތްތަކާއި، ގޮތްތައް ކަނޑައެޅުމާއި، ހަރަކާތްތައް އިންތިޒާމް ކުރުމާއި ދައުލަތުގެ މުއައްސަސާތަކުގެ އަމަލުތައް މޮނިޓަރކޮށް ބެލެހެއްޓުމާއި އަދި ޕާޓީގެ އެކިއެކި އިދާރީ މަސައްކަތްތައް ކަމަށެވެ.

މެމްބަރުން މިކަމަށް އެދި ކުރިމަތިލާއިރު، ދަ ޑިމޮކްރެޓްސްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ، މިކަމަށް އެދި ހުށަހަޅާނެ ފޯމާއެކު، ޕާސްޕޯޓު ސައިޒް ފޮޓޯއަކާއި އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި، ޕާޓީއަށް ކޮށްދެވިފައިވާ ޚިދުމަތްތައް ހިމެނޭ ގޮތަށް ތައުލީމާއި ތަޖުރިބާގެ ތަފްސީލު ހިމެނޭ ވަނަވަރު ހުށަހަޅަން ޖެހޭނެއެވެ.

އެ ޕާޓީގެ ދާއިމީ ކޮމިޓީތަކަށް އެދި ކުރިމަތިލުމުގެ ސުންގަނޑިއަކީ 28 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 16:00 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް