ފައިލޭރިއާ އިން ރައްކާތެރިވުމަށް އާބަންކޯ އިން ކެމްޕެއިނެއް ފަށައިފި

ފައިލޭރިއާގެ ކޭސްތައް އިތުރުވުމާ ގުޅިގެން 'ފައިލޭރިއާ އިން ރައްކާ' ގެ ނަމުގައި އާބަންކޯ އިން ހުޅުމާލޭގައި ކެމްޕެއިނެއް ފަށައިފިއެވެ. އާބަންކޯ އިން ބުނީ މި ކެމްޕެއިންގެ ދަށުން ހުޅުމާލެ 12 ޒޯނަކަށް ބަހާ...

24 Dec 2023 | 13:33

ފައިލޭރިއާގެ ކޭސްތައް އިތުރުވުމާ ގުޅިގެން 'ފައިލޭރިއާ އިން ރައްކާ' ގެ ނަމުގައި އާބަންކޯ އިން ހުޅުމާލޭގައި ކެމްޕެއިނެއް ފަށައިފިއެވެ.

އާބަންކޯ އިން ބުނީ މި ކެމްޕެއިންގެ ދަށުން ހުޅުމާލެ 12 ޒޯނަކަށް ބަހާލައިގެން ޒޯން ލީޑަރުން ކަނޑައަޅާ، މި ޒޯންތަކުގައި މަދިރި އުފެދޭ ތަންތަން ދެނެގަތުމަށް ސާވޭއެއް ފަށާފައިވާ ކަމަށެވެ. އަދި، ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް ރޭވިފައިވާ ކަމަށާއި، މި ބައްޔަށް އާންމުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ބުންޏެވެ.

ފައިލޭރިއާ އަށް ފައްސިވެފައިވާ 5 ބިދޭސީއަކު މިހާތަނަށް ހުޅުމާލެއިން ވަނީ ފެނިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މާލެއިން ވެސް 1 ބިދޭސީއަކު އަދި ގުޅީފަޅުންވެސް 1 ބިދޭސީއަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. މިއާއެކު މާލެ ސަރަހައްދުން ފައިލޭރިއާއަށް ފައްސިވެފައިވާ މީހުންގެ ޖުމްލަ އަދަދު 7 އަށް ވަނީ އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް