އެމްޓީސީސީގެ ޗެއާމަން ކަމުގެ މަގާމަށް އަފީފް ހަމަޖައްސައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަން ކަމަށް މުހައްމަދު އަފީފް ހުސެއިން ހަމަޖައްސައިފިއެވެ. އެމްޓީސީސީން ބުނީ އަފީފްގެ ލީޑަރޝިޕާއި ތަސައްވުރުގެ ސަބަބުން ކުން...

24 Dec 2023 | 11:54

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަން ކަމަށް މުހައްމަދު އަފީފް ހުސެއިން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ އަފީފްގެ ލީޑަރޝިޕާއި ތަސައްވުރުގެ ސަބަބުން ކުންފުންޏަށް އިތުރު ކާމިޔާބީތަކެއް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ޔަޤީންކުރާކަމަށެވެ.

އަފީފް މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. އަފީފް ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޗެއާމަންކަންވެސް 25 ޑިސެމްބަރު 2013 އިން ފެށިގެން 18 މެއި 2016 ގެ ނިޔަލަށް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް