ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު މާލެއިންވެސް ފެނިއްޖެ

ފައިލޭރިއާއަށް ފައްސިވެފައިވާ ބިދޭސީއަކު މާލެއިން ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އިން ބުނީ 22 އަދި 23 ޑިސެމްބަރުގައި ފައިލޭރިއާއަށް ޓެސްޓުކުރުމުގެ މަ...

24 Dec 2023 | 10:34

ފައިލޭރިއާއަށް ފައްސިވެފައިވާ ބިދޭސީއަކު މާލެއިން ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ 22 އަދި 23 ޑިސެމްބަރުގައި ފައިލޭރިއާއަށް ޓެސްޓުކުރުމުގެ މަސައްކަތް މާލެ ސަރަހައްދުތަކުގައި ކުރިއަށްގެންގޮސްފައިވާ އިރު، ބައްޔަށް ފައްސިވެފައިވާ ބިދޭސީއަކު މާލެ އިން ފެނިފައިވާކަމަށެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާތު ހިސާބުތައް ދައްކާގޮތުން، މާލެއިން ބައްޔަށް ޓެސްޓުކުރި 15 މީހުންގެ ތެރެއިން 14 މީހުން ނައްސިވެ، އެކަކު ވަނީ ފައްސިވެފައެވެ.

ފައިލޭރިއާއަށް ފައްސިވެފައިވާ ބިދޭސީން ހުޅުމާލެއިން ވެސް ވަނީ ފެނިފައެވެ. އެގޮތުން 22 އަދި 23 ޑިސެމްބަރުގައި ޖުމްލަ 29 ބިދޭސީއަކު ޓެސްޓުކޮށްފައިވާއިރު، 24 މީހުން ނައްސިވެ، 5 މީހަކު ވަނީ ފައްސިވެފައެވެ.

މީގެ އިތުރުން، ގުޅީފަޅުންވެސް މި ބައްޔަށް ފައްސިވެފައިވާ ބިދޭސީއަކު ވަނީ ފެނިފައެވެ. މިއާއެކު، މާލެ ސަރަހައްދުތަކުގައި ކުރެވުނު ޓެސްޓުތަކުގައި ޖުމްލަ 7 މީހަކު ވަނީ ފައިލޭރިއާއަށް ފައްސިވެފައެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ކުރެވުނު ޓެސްޓުތަކުން ދިވެއްސެއް އަދި ފައްސިވެފައި ނުވާކަމަށެވެ. މުޅި ރާއްޖެއިން ފައިލޭރިއާއަށް ފައްސިވެފައިވާ މީހުންގެ ޖުމްލަ ނަތީޖާތަކަށް ބަލާއިރު، އޭގެތެރޭގައި ހިމެނެނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 ފަރާތަކާއި، އިންޑިއާގެ ބިހާރުގެ 18 ފަރާތަކާއި، އިންޑިއާގެ ޓެނިލްނާޑޫގެ 1 ފަރާތަކާއި، އިންޑިއާގެ ގޯޕާލްގަންޖުގެ 1 ފަރާތަކާއި، ބަންގްލަދޭޝްގެ 2 ފަރާތެކެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ބައްޔަށް ފައްސިވެފައިވާ ހުރިހާ ފަރާތްތަކަށްވެސް ބޭސް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް