ކުޅުދުއްފުށި ސިޓީގެ ބިދޭސީން ފައިލޭރިޔާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ބިދޭސީން ފައިލޭރިޔާއަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް އެ ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުންނެވެ...

24 Dec 2023 | 07:45

ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ބިދޭސީން ފައިލޭރިޔާއަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް އެ ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުންނެވެ.

އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި ހޭލުންތެރިކަމުގެ މި ޕްރޮގްރާމްގައި ހިންދީ/އުރުދޫ ބަހުންނާއި ތަމަޅަ ބަހުން، ފައިލޭރިޔާގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.

ރޭގައި މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވާއިރު މި މަހުގެ އެއްވަނަދުވަހު އެ ސިޓީން ނެގި ރޭންޑަމް ސާމްޕަލްތަކަކުން ބިދޭސީންތަކެއް ފައިލޭރިޔާއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ފައިލޭރިޔާގެ ޕޮޒިޓިވް ކޭސްއެއް މިހާރު ހުޅުމާލެއިންވެސް ވަނީ ފެނިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް