މަޑުކުރަން އެންގުމުން މަޑުނުކޮށްދިޔަ ކާރެއް ހޯދައި ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފި

ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށްދިޔަ ކާރެއް ހޯދައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ދިވެއްސަކާއި ބިދޭސީއެކެވެ. ފުލުހުން ...

24 Dec 2023 | 07:20

ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށްދިޔަ ކާރެއް ހޯދައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ދިވެއްސަކާއި ބިދޭސީއެކެވެ.

ފުލުހުން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާރެއް މަޑުކުރަން އެއާޕޯޓް ޕޮލިހުން އެންގުމުން އެ ކާރު މަޑުނުކޮށް ދިއުމުން ކާރު ހޯދުމަށް ފުލުހުން އޮޕަރޭޝަނެއް ކުރިއަށްގެންދިޔަކަމަށެވެ.

" އެ އޮޕަރޭޝަނުގައި، ހުޅުމާލެ ފޭޒް އެކަކުން، ރީތިގަސްމަގުން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު 53 ފުޅި ބަނގުރާ ފެނިފައިވޭ، މި މައްސަލައާ ގުޅިގެން 56 އަހަރުގެ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާ ތިންދުވަހަށް ބަންދުކުރުމަށް އަދި ބިދޭސީ މީހާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް