ނައީޝް ހޯދުމަށް އިއްޔެވެސް ބޮޑޫ ސަރަހައްދެއް ބަލައިފި

އައްޑޫ ސިޓީން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ނައީޝް ހޯދުމުގެ އޮޕަރޭޝަންގައި އިއްޔެވެސް ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް ދިފާއީ ބާރުން ބުނެފިއެވެ. އެގޮތުން އެމްއެންޑީއެފްއިން ރޭގައި ބުނެފައިވަ...

24 Dec 2023 | 05:26

އައްޑޫ ސިޓީން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ނައީޝް ހޯދުމުގެ އޮޕަރޭޝަންގައި އިއްޔެވެސް ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް ދިފާއީ ބާރުން ބުނެފިއެވެ.

އެގޮތުން އެމްއެންޑީއެފްއިން ރޭގައި ބުނެފައިވަނީ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް މިއަދު ވަނީ ބަލާފައި ކަމަށެވެ.

ނައީޝް ހޯދުމަށް އޭގެ ކުރީ ދުވަހުވެސް ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ބެލިއެވެ. އެހެންނަމަވެސް އަދި މިހާތަނަށް ނައީޝް ފެނިފައެއް ނުވެއެވެ.

އެމްއެންޑީއެފްއިން ކުރިން ބުނެފައިވާގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ 10:10 ހާއިރު ނައީޝް ގެއްލުނު ކަމުގެ ރިޕޯޓް ލިބުނުއިރު، ސ. މަރަދޫ، ކުރެދުމާގޭ، އުމުރުން 18 އަހަރުގެ ނައީޝް އިހިނަގަން އައްޑޫސިޓީ ގަމުގެ ދެކުނު ފަރާތަށް ފޭބީ އިތުރު ދެމީހަކާއި އެކުގައެވެ. ގެއްލުނު އިރު ނައީޝް ލައިގެން ހުރީ އަތްދިގު ހުދުކުލައިގެ ޓީޝާޓެއް ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް